ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ: ހުޅުދޫ އާއި މީދޫއިން ރަށު ކައުންސިލަށް ބޮޑު ތާއީދެއް

ދަޕްރެސް

25 އޮކްޓޯބަރު 2025 | ހޮނިހިރު | 5:38

އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އަދި މީދޫ އިން ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ތާއިދުކޮށްފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު އައްޑޫ ސިޓީ މީދޫގައި 1002 މީހަކު ވަނީ މި އިންތިހާބުގައި ވޯޓުލާފައެވެ. އެ ގޮތުން ސިޓީ ކައުންސިލުން ވަކިވުމަށް ފެންނަކަމަށް އިންތިހާބުގައި ވޯޓުލީ 841 މީހަކު ވަނީ ވޯޓުދީފައެވެ. އަދި ވަކި ކައުންސިލެއް ހެދުމަށް ނުފެންނަކަމަށް 124 މީހަކު ވަނީ ވޯޓުދީފައެވެ. މީގެ އިތުރުން ބާތިލު 37 ވޯޓު ލާފައިވެއެވެ.

މީގެ އިތުރުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ.

މައުޟޫޢުތަށް