ސިނގިރޭޓް ވަގަށް ނެގުން: ޝަރީއަތް ނިމެންދެން ދިގަލި ބަންދުކޮށް އިތުރު 3 މީހަކު ހައްޔަރު ކޮށްފި
ދަޕްރެސް
25 އޮކްޓޯބަރު 2025 | ހޮނިހިރު | 7:35
ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަަލައިގައި ހައްޔަރު ކުރި މަޝްހޫރު ވިޔަފާރިވެރިޔާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް، އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ މި މަހުގެ 9 ވަނަ ދުވަހު ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލައިގައި ސިނގިރޭޓް ވައްކަން ކުރުމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 65 އަހަރުގެ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.