ހުވާގެ ޝޫޓިންގައި އައްޒަ ވެއްޓި އޭނާގެ އަނގަމަތި ފަޅައިގެން ހިނގައްޖެ

ދަޕްރެސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 10:46

ބައިސްކޯފުން ގެނެސްދިން އަދި ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ދިވެހި ޑްރާމާ ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން ފިލްމީ ތަރި މަރިޔަމް އައްޒަ ބިންމައްޗަށް ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެއެވެ.

"ހުވާ"ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ވަނީ ކްރިސްޓަލް އެންޓަޓެއިންމަންޓް ޓިކްޓޮކް އެކައުންޓުން ރޭ ކުރިއަށް ގެންދިޔަ ލައިވްއެއްގައި އައްޒައަށް އަނިޔާވީ ޑްރާމާގެ މަންޒަރެއް ނަގަމުން ދަނިކޮށް ހިނގި އިންސިޑެންޓެއްގައި ކަމަށް ބުނެފައެވެ.

އެ މަންޒަރު ނަގަން އަހުމަދު އީސާ (އާނަންދު) އައްޒަ ކޮށްޕާލި ގަޑީގައި އޭނާ ވެއްޓި، އަނގަމަތި ފަޅައިގެން ދިޔައީ ކަމަށް ނަހުލާ ބުނެއެވެ. ނަހުލާ ބުނީ އައްޒައަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށާއި އައްޒަގެ ތުންފަތް ފަޅައިގެން ގޮސް، ދެ ދަތަކަށް ވެސް އަނިޔާވެފައިވާ ކަމަށް ނަހުލާ ބުނެއެވެ.

މައުޟޫޢުތަށް