ހުޅުދޫ މީދޫގައި ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން އުފާފާޅުކުރުމަށް މިރޭ ހަވާ އަރުވަނީ!

ދަޕްރެސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 11:09

އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އަދި މީދޫ އިން ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ނިންމުމާއި ގުޅިގެން އެ ދެ ރަށުގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

'ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ. މިރޭ 20:00 ގައި ހަވާ އެރުވަން ނިންމާފައިވަނީ ހުޅުމީދޫގެ މެދު ބަނދަރު ސަރަހައްދުގައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް މީދޫން 847 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ.

މައުޟޫޢުތަށް