ގައުމު ބިނާކުރުމުގެ މަގުސަދަކީ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުން: ސާޖިދާ

ދަޕްރެސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 11:07

ގައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ އެ ގައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ގާބިލުކަން ލިބިދިނުން ކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ތައުލީމީ ނިޒާމުގައި ސިއްހަތު، އާ ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތު ކުރިއެރުވުމަށް ކަމަށެވެ. އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް