"ދާރުލްއަރުގަމް" ވަގުފް އިމާރާތް ބިނާކުރަން 39.4 މިލިއަން ރުފިޔާއަށް އާރުސީސީއަށް
ދަޕްރެސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:39
މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުލްއަރުގަމް" ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް 39،462،545.08 ރުފިޔާއަށެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއެކެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ 12 ބުރިއަށް އިމާރާތް ކުރާ ދާރުލްއަރުގަމް ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް އަދި ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށާއި އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްކުރަން ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.