އެމްޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ހިދުމަތް ފަށައިފި
ދަޕްރެސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:33
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ހިދުމަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ މި ސެންޓަރަކީ އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ހުޅުވުނު ސެންޓަރެއް ކަމަށެވެ. އެގޮތުން މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމުގެ އިތުރުން ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނޭކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލް އިން ބުނީ މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑާ (ޑީސީޕީ)، ކާބޮންޑައިއޮކްސައިޑް، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސާވިސް ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.