ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށް ނެގި 20،000 ޑޮލަރު، ގަސްތަކެއްގެ ތެރޭ ފޮރުވާފައި ހުއްޓާ ހޯދައިފި
ދަޕްރެސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:48
ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށް ނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ފުލުހުން ހޯދައި ވެރި ފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވި ކަމަށެވެ.
އެގޮތުން އެ ސައިޓުން ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެކަމަށާ އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.