ޕީޖީގެ ލަފާ ނުހޯދާ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތައް ނައްތާނުލާން އަންގައިފި

ދަޕްރެސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 4:31

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ލަފާ ނުހޯދާ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތައް ނައްތާނުލާން އެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި، ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 1 އަހަރު ތެރޭ ނައްތާލެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް