ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް 4 ބޭފުޅަކު އައްޔަންކޮށްފި

ދަޕްރެސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 8:27

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 4 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާފައި މިވަނީ ކުރިން ތިއްބެވި ހަތަރު މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެ ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް، ނައިބު ރައީސް އާޝިޔަތު ޝިއުނާ، މެންބަރު ޝުއައިބު އަބްދުއްރަހްމާންގެ އިތުރުން މެންބަރު އާމިނަތު ޝާދިޔާއެވެ.

މައުޟޫޢުތަށް