ހުސްވި ހަފްތާގަ އެކަނިވެސް ސްކޭމްގެ 35 މައްސަލައެއް، 372،515.59 ރުފިޔާ ފޭރިގަތް!
ދަޕްރެސް
27 އޮކްޓޯބަރު 2025 | ހޯމަ | 9:44
ހުސްވި ހަފްތާ އެކަނިވެސް ސްކޭމްކޮށްގެން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސްކޭމްގެ 35 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އެ މައްސަލަތަކުގައި ޖުމްލަ 372،515.59 ރުފިޔާ ވަނީ ފޭރިގެންފައެވެ.
ނަމަވެސް ގެއްލުނު ފައިސާގެ ތެރެއިން ރިކަވާ ކުރެވުނީ މަދު އަދަދެއްގެ ފައިސާއެވެ. އެއީ 148،781.94 ރުފިޔާ ކަމަށް އެ ތަފާސް ހިސާބުން އެނގެއެވެ.