ރިޒާ އިސްތިއުފާ ދެއްވުމުން ޖޭއެސްސީއަށް ހުސްނީ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ދަޕްރެސް

27 އޮކްޓޯބަރު 2025 | ހޯމަ | 12:47

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ހުސްނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރަން ހުށަހެޅީ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޖޭއެސްސީގެ މެންބަރުކަމަށް ނަން ހުށަހެޅުމަށް ރިޔާސަތުން ހުޅުވާލާފައި ވެއެވެ. އެގޮތުން ނަން ހުށަހެޅީ ހުސްނީގެ ނަން އެކަނި ކަމުން ހުސްނީގެ ނަން ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އަހާފައި ވެއެވެ. އެ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުން ޖޭއެސްސީއަށް ހުސްނީ އައްޔަން ކުރަން ވަނީ ފާސްވެފައެވެ.

މައުޟޫޢުތަށް