އެއާޕޯޓުން ޑޮލަރު ވަގަށް ނެގި މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، ލޯންޗު ހޯދައިފި

ދަޕްރެސް

27 އޮކްޓޯބަރު 2025 | ހޯމަ | 2:28

ރޭ ފަތިހު އެއާޕޯޓުން ފޭރިގަތް ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭސް ހިފައިގެން ފިލި ލޯންޗާއި އެ މައްސަލައާ ގުޅެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ޓާމިނަލަށް ވަންނަން ދިޔަ އެބޭންކުގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:45 ހާއިރެވެ.

އެ މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުން ކުރި މަސައްކަތުން އެ މައްސަލައިގައި ބޭނުންކުރި ލޯންޗާއި އެ މައްސަލައާ ގުޅޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ވެސް ހިއްސާ ކުރައްވާފައި ނުވެއެވެ.

މައުޟޫޢުތަށް