އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ 3 މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ދަޕްރެސް

27 އޮކްޓޯބަރު 2025 | ހޯމަ | 4:20

މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ 3 މަސް ތެރޭ 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއޭސީއެލް އިން ބުނީ މި ތަމްރީން ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގި ޕްރޮގްރާމްތަކެއް ކަމަށެވެ.

އެގޮތުން މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވާކަމަށާއި، މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް