އަތޮޅުތެރޭ އޭޓީއެމްތަކުން މާލީ ދުވެލި ރަނގަޅުވޭ، ދުވާލަކު 25.7 މިލިއަން ރުފިޔާ ދައުރުވޭ: ސައީދު

ދަޕްރެސް

28 އޮކްޓޯބަރު 2025 | އަންގާރަ | 12:51

އަތޮޅުތެރޭގެ ގާއިމް ކުރެވޭ އޭޓީއެމްތަކަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށާއި އަތޮޅުތެރޭ އޭޓީއެމްތަކުން ދުވާލަކު 25.7 މިލިއަން ރުފިޔާއަށް ދައުރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުގެ ސަބަބުން އިގްތިސޯދީ ގޮތުން ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، އޭޓީއެމްތައް މެދުވެރިކޮށް 230،000 މުއާމަލާތް ކޮށްފައިވާ ކަމަށެވެ. ޖުމްލަ 203 މިލިއަން ރުފިޔާ އޭޓީއެމްތައް މެދުވެރިކޮށް ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި މި ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވަނުމަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް