ގަވާއިދާ ހިލާފަށް ސިނގިރޭޓުތައް ނެރުން: 47 މިލިއަން ރުފިޔާ ދައްކަން އެގްޒޮޓިކްގެ މައްޗަށް ހުކުމްކޮށްފި

ދަޕްރެސް

28 އޮކްޓޯބަރު 2025 | އަންގާރަ | 12:15

އެގްޒޮޓިކް އެންޓަޕްރައިސިސް ޕްރައިވެޓް ލިމިޓެޑްގެ ބޮންޑެޑް ވެއާހައުސްގެ ތެރޭގައި ހުރި ސިނގިރޭޓު ފޮށިތައް ގަވާއިދާ ހިލާފަށް ނެރުނު މައްސަލައިގައި 47 މިލިއަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް އެންޓަޕްރައިސިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ ރާއްޖެ އެތެރެކުރި 180 ކޭސް ކެމަލް ޔެލޯ ސިނގިރޭޓު، 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓު އަދި 110 އެމެރިކަން ލެޖަންޑް ސިނގިރޭޓު އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގެ ތެރޭގައި ހުރި ކަމަށެވެ.

އޭގެތެރެއިން 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓު ފިޔަވައި އިތުރު މުދަލެއް ވެއާހައުސްއިން ނެރެފައިވާކަން ކަސްޓަމްސްގެ އެއްވެސް ރެކޯޑުން ފެންނަން ނެތްކަން ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ދެން ހުރި ހުރިހާ ސިނގިރޭޓެއް ވެސް ގަވާއިދާ ހިލާފަށް (ޑިއުޓީ ދެއްކުމަކާ ނުލައި) ބޮންޑެޑް ވެއާހައުސްއިން ނެރެފައެވެ.

މައުޟޫޢުތަށް