ކާށިދޫ ފަޅުގައި ހަދަން ނިންމާފައިވާ ރިސޯޓާ އެކު، އެ ރަށުގައި ސީޕްލޭން އޮޕަރޭޝަންތައް ފެށޭނެ: ރައީސް

ދަޕްރެސް

28 އޮކްޓޯބަރު 2025 | އަންގާރަ | 12:58

ކ. ކާށިދޫ ފަޅުގައި ހަދަން ނިންމާފައިވާ ރިސޯޓާ އެކު، އެ ރަށުގައި ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮތް ރަށަކަށްވުމުން، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ރަށަށް ކުރިއެރުން ވަރަށް މުހިންމުކަމަށެވެ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމަށް އިންވެސްޓަރެއް ހޯދުމަށް ސަރުކާރުން ހުޅުވާލިނަމަވެސް، ރަށް އޮތް ސަރަހައްދާއި އުސޫލުތައް އޮތްގޮތުން އެކަމަށް އިންވެސްޓަރެއް ލިބިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ކާށިދޫގެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ކަނޑައަޅައި، އެ ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާއިރު މިފަހަރު ހުލުވާލީ އިންވެސްޓަރުންނަށް އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހުކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. ރަށުގެ ފަޅުތެރޭ ތަރައްގީކުރާ މި ރިސޯޓާއެކު، ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއްވެސް ކާށިދުއަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވާފަވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މައުޟޫޢުތަށް