އަމިއްލަ ވިޔަފާރި ކުންފުންޏަކަށް 7 ދުވަސްތެރޭގައި، 6.8 މިލިއަން ރުފިޔާ ދައްކަން، ފެނައިގެ މައްޗަށް ހުކުމްކޮށްފި

ދަޕްރެސް

28 އޮކްޓޯބަރު 2025 | އަންގާރަ | 1:07

އަމިއްލަ ވިޔަފާރި ކުންފުންޏަކަށް 6.8 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.

މީގެ 3 އަހަރުކުރިން، 2022 ވަނަ އަހަރު ފެނަކައިން ހޯދާފައިވާ ހިދުމަތްތަކަކަށް ފައިސާ ނުދައްކައި އޮތް ކަމަށް ބުނެ، ވެށި ލިންކް އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކުން ފެނަކައާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނީ ލ. އަތޮޅުގެ ދެ ރަށެއްގެ ފެނަކަ އަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގަށްވާ، 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ފެނަކައިން މިހާތަނަށް 8.5 މިލިއަން ރުފިޔާ ނުދައްކައި އެބައޮތްކަމަށެވެ. ބާކީ މިހާތަނަށް ނުދައްކައި އޮތް، 8.5 މިލިއަން ރުފިޔާއާއި، ވަކީލު ފީގެ ގޮތުގައި 70،000 ރުފިޔާ ހޯދައިދިނުމަށް އެ ކުންފުނިން ވަނީ ފެނަކަ އާއި ދެކޮޅަށް ދައުވާ އުފުލާފައެވެ. މީގެ އިތުރުން އެ މައްސަލައިގައި ވެށި ލިންކުން ވަނީ މި ފައިސާ 7 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކޮށްދިނުމަށް ހުކުމްކޮށް ދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ފެނަކައިން ބުނީ މިއީ އެ ކުންފުނިން ބައިބަޔަށް ބަހާލައިގެން ދައްކަމުން އަންނަ ފައިސާކަމަށެވެ. އަދި ކުރިން އެނގުމަކާ ނުލައި ކުއްލިއަކަށް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޖެހުމަކީ ފެނަކައިން ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމެއްކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް