މާލެ ސަރަހައްދުން ހިލޭ ގޯތި ބެހުމުން 13 ބިލިއަން ގެއްލުންވި، ގޯތިތައް ދައުލަތަށް ނަގަން ޖެހޭ: ފަލާހް

ދަޕްރެސް

28 އޮކްޓޯބަރު 2025 | އަންގާރަ | 4:40

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިލޭ ބިން ދޫކުރުމުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، އެމްޑީޕީން ގޯތި ދޫކޮށްފައި ހުރީ ކަނޑު އަޑިންނެވެ.

އަދި މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް، އިންތިހާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ.

މައުޟޫޢުތަށް