1 އަހަރާ 11 މަސްދުވަހުގެ ތެރޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ ރައީސް ރެކޯޑު ހައްދަވައިފި
ދަޕްރެސް
28 އޮކްޓޯބަރު 2025 | އަންގާރަ | 4:30
1 އަހަރާ 11 މަސްދުވަހުގެ ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑު ހައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސް މުއިއްޒު ޒިޔާރަތްކުރައްވާ ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލުކުރައްވާފައިވާކަމަށެވެ.
އެގޮތުން ރައީސް މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުއެވެ. ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 1 އަހަރާ 11 މަސްދުވަހުގެ ތެރޭ ޒިޔާރަތް ކުރައްވާފައެވެ.