ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީއާ ހަވާލުވާން ފަހު ފުރުސަތު ދީފި
ދަޕްރެސް
29 އޮކްޓޯބަރު 2025 | ބުދަ | 1:57
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އާ ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ފަހު ފުރުސަތު ދީފިއެވެ.
ހައުސިން މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ގުޅިފަޅު ގޯތީގެ އެގްރީމަންޓް އަދި ރަޖިސްޓަރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލެވުނު ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވުމަށް ދެވޭ މިއީ ފަހު ފުރުސަތުކަން ފާހަގަކޮށް ހައުސިން މިނިސްޓްރީއިން ބުނީ އެ މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.