ދުވާލަކު 3200 ޑޮލަރު ނެގޭ ވިސާ ޕްލެޓިނަމް ކާޑު ތައާރަފު ކޮށްފި
ދަޕްރެސް
29 އޮކްޓޯބަރު 2025 | ބުދަ | 1:55
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފް ކޮށްފިއެވެ.
ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފައި ވަނީ "ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކާޑު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީެވެ.
ބީއެމްއެލް އިން ބުނީ، މި ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ ކަމަށެވެ. އެގޮތުން ދުވާލަކު ބީއެމްއެލްގެ އޭޓީއެމް އަކުން 3,200 ޑޮލަރު ނެގޭނެ ކަމަށާއި އައި ރާއްޖެއިން ބޭރުގެ އޭތީއެމްއަކުން ފައިސާ ނަގާނަމަ ދުވާލަކު 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ވިސާގެ ބައިނަލްއަގްވާމީ އޮފާތަކާއި24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް ވެސް އެ ކާޑު މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.