ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ އައްޔަންކުރައްވައިފި
ދަޕްރެސް
29 އޮކްޓޯބަރު 2025 | ބުދަ | 4:18
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަގާމަށް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާ، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ހުސްނީއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.