ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ، ޑަބްލިއުޓީއެމްގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެ

ދަޕްރެސް

29 އޮކްޓޯބަރު 2025 | ބުދަ | 7:51

އިނގެރޭސި ވިލާތުގެ ލަންޑަނުގައި ބާއްވާ އަހަރުގެ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025)ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުވެއްޖެ އެވެ.

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކޮންމެ އަހަރަކު ޝާއިއުކޮށް ނެރޭ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026" ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރަކުވެސް އެ ކޯޕަރޭޝަނުން ނެރެމުން އަންނަ ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގައި ފަތުރުވެރިންނަށް ހުންނަ އެކި ފުރުސަތުތަކުގެ އެންމެ ފަހުގެ އަދާހަމަޔާ އެކު، ރާއްޖޭގެ ރަށްރަށާ ބެހޭ މައުލޫމާތާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތާއި، ޓްރެވަލް ސްޓޯރީތަކާއި، އިންޑަސްޓްރީ ކޮންޓެކްޓްތައް ހިމެނޭ ޑެސްޓިނޭޝަން ގައިޑެކެވެ.

މައުޟޫޢުތަށް