ޖޭއެސްސީގެ ރައީސްކަމަށް އެ ކޮމިޝަންގެ މެމްބަރަކަށް އައްޔަންކުރި ހުސްނީ އިންތިހާބުކޮށްފި
ދަޕްރެސް
29 އޮކްޓޯބަރު 2025 | ބުދަ | 9:28
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަގާމަށް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އެ ކޮމިޝަނުގެ ރައީސް ކަމަށް އިންތިހާބުކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާ ހުވާގެ އިގުރާރުގައި މިއަދު ސޮއިކުރައްވާފައިވާއިރު، ޖޭއެސްސީ އިން ބުނީ އެ ކޮމިޝަންގެ ރައީސްކަމަށް ހުސްނީ އިންތިހާބުކުރެއްވީ މިރޭ ބޭއްވި ކޮމިޝަން ބައްދަލުވުމެއްގައި ނެގި ވޯޓަކުން ކަމަށެވެ. ނަމަވެސް މި ވޯޓުގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރަން ހުށަހެޅީ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުން ހުސްނީގެ ނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.