ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުން މައުލޫމާތު ހޯދާ ލިބިގަތުމަގެ ހައްގު ބޮޑުތަނުން ހަނިވޭ: އެމްޖޭއޭ
ދަޕްރެސް
29 އޮކްޓޯބަރު 2025 | ބުދަ | 11:24
ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އެމްޑީޕީ ސަރުކާރުގައި ފާސްކޮށް ތަސްދީގުކުރި ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކޮށް މި ސަރުކާރުން އެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މި އިސްލާހުތަކާ ގުޅިގެން އެމްޖޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ކަމަށެވެ.