ޝީ އާއި ޓްރަމްޕްގެ ބައްދަލުވުން: ކާމިޔާބު އަދި އަންނަ އޭޕްރީލްގައި ޓްރަމްޕް ޗައިނާއަށް!
ދަޕްރެސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:32
ދެކުނު ކޮރެއާގެ ބޫޝާންގައި އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބޭއްވެވި ބައްދަލުވުން ކާމިޔާބު ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލްގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިތުރު ތަފްސީލެއް ނުދެއްވާ ޓްރަމްޕް ދެން ވިދާޅުވީ، އޭގެ ދުވަސްކޮޅެއްގެ ފަހުން ޝީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
ދެ ލީޑަރުންގެ ބައްދަލުވުމާ ގުޅޭ ގޮތުން ވިދާޅުވީ، މަޝްވަރާތަކުގެ މައިގަނޑަކީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާ ގުޅޭ މަޝްވަރާ ކަމަށާއި މާބޮޑު ހިޔާލުތަފާތުވުން ތަކެއް ނެތް ކަމަށެވެ. އަދި ލަސްނުވެ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.