އިސްލާމިކް މިނިސްޓްރީގެ 2 ވަގުފް މަޝްރޫއަށް ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިން ހަމަޖައްސައިފި

ދަޕްރެސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:42

އިސްލާމިކް މިނިސްޓްރީއިން ކުރިއަށް ގެންދަން ނިންމާފައިވާ 2 ވަގުފް މަޝްރޫއުކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްގަމް މަޝްރޫއުއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެއްސުމާއި ގުޅޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.

ޝަހީމް ވިދާޅުވީ ބީއެމްއެލްއިން ފައިނޭންސިން ދިނުމަކީ މިއީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަގުފް މަޝްރޫއުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް