ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި 860 މިލިއަން ޑޮލަރު

ދަޕްރެސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:07

މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގެ ގޮތުގައި 860 މިލިއަން ޑޮލަރު ހުރި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަަހަޅަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ބަޔާން އިއްވަމުންނެވެ.

ޒަމީރު ވިދާޅުވީ، މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށެވެ. އެކްސްޓާނަލް ސެކްޓާ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން ޑޮލަރު އެބަހުރި ކަމަށް ޒަމީރު ވިދާޅުވިއެވެ. އެއާއެކު 200 މިލިއަން ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް