މިއަހަރުގެ 3 ވަނަ ކުއާޓާގައި ވީއައިއޭގައި ޖުމްލަ 14,768 ވައިގެ ދަތުރު ކޮށްފި

ދަޕްރެސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:23

މިއަހަރުގެ 3 ވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖުމުލަ 14,768 ވައިގެ ދަތުރުފަތުރު ކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 14,768 ވައިގެ ދަތުރުފަތުރު ރެކޯޑުކޮށްފައިވާކަމަށާއި، އޭގެތެރޭގައި 8,000 ބައިނަލްއަގުުވާމީ ދަތުރުފަތުރު އާއި 6,768 އެތެރޭގެ އުދުހުންތައް ހިމެނޭ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ހިދުމަތް ފަށާފައިވާއިރު، އެ ޓާމިނަލް އިން މި ވަގުތު އަންނަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

މައުޟޫޢުތަށް