ހުޅުމާލެ 3ގެ ބިން ހިއްކުން އަލުން ފަށަން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ދަޕްރެސް

31 އޮކްޓޯބަރު 2025 | ހުކުރު | 10:08

ހުޅުމާލެ 3 ގެ ބިން ހިއްކުން އަލުން ފަށަން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަލުން ފަށަން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު 6 ގެ 00:00 ގެ ކުރިން ނެގުމަށް އަންގާފައެވެ. އެޗްޑީސީގެ ބަޔާނުގައި ޗާޓެއް ހިމަނާފައިވާއިރު އެ ޗާޓުގައި ފާހަގަކޮށްފައިވާ ހިސާބުގައި ހުރި އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިގޮތަށް ނެގޭ އުޅަނދުތައް މި ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށާއި، މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

މައުޟޫޢުތަށް