2028ގެ ރިޔާސީ ވޯޓު ކަރުދާހުގައި ނަން އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ދަޕްރެސް
31 އޮކްޓޯބަރު 2025 | ހުކުރު | 11:08
2028 ވަނަ އަހަރު ނަގާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމިންގެ ނަން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާ ގައެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ތެރޭގައި އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީންގެ ނަން 2028 ވަނަ އަހަރުގެ ރިޔާސީ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.