ހޯރަފުށީ ކައުންސިލުން ދޭ "ސިރީނަވަރަންނަ އައްޑަނަ" ރައީސް ސޯލިހަށް އަރުވައިފި

ދަޕްރެސް

31 އޮކްޓޯބަރު 2025 | ހުކުރު | 1:19

ހއ. ހޯރަފުށީގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް "ސިރީނަވަރަންނަ އައްޑަނަ" އެ ރަށު ކައުންސިލުން އަރުވައިފިއެވެ.

ސިރީނަވަރަންނަ އައްޑަނަ ރައީސް ސޯލިހްއަށް އަރުވާފައިވަނީ "ހޯރަފުށި ދުވަސް" ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައެވެ.

"ސިރީނަވަރަންނަ އައްޑަނަ" މާނަކުރެވެނީ ހިދުމަތުގައި ދިހުން ގަދަ އަދި ވިދުން ގަދަ ނުވަ ޖަވާހިރަށް ކަމަށް އެ ޖަލްސާގައި ބުނެފައިވެއެވެ. އަދި މިދިޔަ ދައުރުގެ ތެރޭގައި ހޯރަފުއްޓަށް "މިލިއަން މިލިއަން" ރުފިޔާގެ 16 މަޝްރޫއެއް ލިބުނުކަން ވެސް އެ ޖަލްސާގައި ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް