ބަޖެޓް 2026: ޖަލުތަކާއި ޑިޓެންޝަން ސެންޓަރު އަޅަން 45 މިލިއަން ރުފިޔާ ހިމަނައިފި
ދަޕްރެސް
31 އޮކްޓޯބަރު 2025 | ހުކުރު | 7:34
ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 45 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައި ވަނީ 8.31 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އަދުލު އިންސާފާއި އަމަންއަމާން ކަން ގާއިމު ކުރުމަށް 175.37 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އޭގެ ދަށުން ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް އެޅުމަށް 41.03 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ހަމައެއާއެކު ކުށްކުރާ މީހުން ރިހެބިލިޓޭތް ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ސެންޓަރުތައް އެޅުމަށް 3.14 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.