ދިވެހި ތާރީހުގައި ވެސް ބޮޑު ދުވަހެއް، 2007ގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާކޮށްފި

ދަޕްރެސް

1 ނޮވެމްބަރު 2025 | ހޮނިހިރު | 9:13

2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާކުރާ ގާނޫނު ރާއްޖޭގައި ތަންފީޒުކުރަން ފަށައިފި‏ އެވެ.

2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ހަމަ އެ މަހުގެ 21 ވަނަ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރެއްވިއިރު އެ ގާނޫނަށް އަމަލު ކުރަން ފަށާފައި މިވަނީ މިއަދުން ފެށިގެންނެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް މީގެ ކުރިން 18 އަހަރުން ދަށް އޮތް ނަމަވެސް އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފައެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ވަނީ ދުންފަތުގެ ބާވަތެއް 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ.

މައުޟޫޢުތަށް