ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރުން ހިމެނޭހެން މިއަދުން ފެށިގެން 3 ކަމެއް ތަންފީޒުކުރަން ފަށައިފި
ދަޕްރެސް
1 ނޮވެމްބަރު 2025 | ހޮނިހިރު | 9:48
މިއަދުން ފެށިގެން 3 ކަމެއް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ތިން ކަމަކީ:
ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން މިވަނީ ބޮޑުކޮށްފައެވެ.