ހިޔާ ޓަވަރު 8 އިން ދިވެއްސަކު ވެއްޓި މަރުވެއްޖެ
ދަޕްރެސް
1 ނޮވެމްބަރު 2025 | ހޮނިހިރު | 10:04
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މީހަކު ވެއްޓިފައި ވަނީ ހިޔާގެ 8 ވަނަ ޓަވަރުން ކަމަށެވެ. ވެއްޓުނީ ފިރިހެނެއް ކަމަށާއި އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަރުވެފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެއެވެ.