ޕާޓީތަކުގެ ދަފްތަރުގައި އެމްއެލްއެސްޑީޕީ އަލުން ހިމަނައިފި

ދަޕްރެސް

1 ނޮވެމްބަރު 2025 | ހޮނިހިރު | 12:54

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި އެވެ.

ޕާޓީއަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަކުރި ނަމަވެސް އީސީން އެ ޕާޓީ އުވާލުން ނިންމުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރުގެ މާޗް މަހުއެވެ.

އެ ޕާޓީން ބުނާ ގޮތުގައި މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެ ޕާޓީއަށް ނޭނގި، ޕާޓީގެ ދަފްތަރުން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް އީސީއިން ޕްރޮސެސް ކުރުމުން މެންބަރުން ހަމަކުރަން ދިން ސުންގަނޑި ހަމަވިއިރު ގާނޫނީ އަދަދަށް ވުރެ ދެ މެންބަރުން މަދުކަމަށް އީސީން އެންގި ކަމަށެވެ.

މައުޟޫޢުތަށް