ބަނގުރަލާއެކު ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި އަންހެން ފުލުހެއް، ވަޒީފާއިން ވަކި ކުރަނީ

ދަޕްރެސް

2 ނޮވެމްބަރު 2025 | އާދިއްތަ | 1:14

ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތިގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތަކައި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމައިފިއެވެ.

މިދިޔަ މަސް ތެރޭގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ފުލުހަކީ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރުއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކައި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެކެވެ. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައެވެ.

މައުޟޫޢުތަށް