ކޮޅުވެއްޓި ހާދިސާ: 6 މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ

ދަޕްރެސް

2 ނޮވެމްބަރު 2025 | އާދިއްތަ | 6:01

އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޖުމްލް 6 މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން ބިދޭސީއަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ އެމްޕީއެލްއާ ދިމާލު، ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު މެންދުރު ފަހު 3:44 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން އެންމެ ފަހުން ފުލުހުން ހިއްސާ ކުރި މައުލޫމާތުގައި ބުނީ، މި ހާދިސާގައި ޖުމްލަ 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހިންނެވެ. އަނިޔާވި މީހުންގެ ތެރެއިން ބިދޭސީއެއްގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މިހާރު އެ ބިދޭސީ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް