މާލެއިން ބިން ދޫކުރަން އެންމެ ރަނގަޅީ 'ވެށިފަހި މާލެ' ޕްރޮގްރާމުން: ނަޝީދު

ދަޕްރެސް

2 ނޮވެމްބަރު 2025 | އާދިއްތަ | 6:44

މާލެއިން ބިން ދޫކުރަން އެންމެ ރަނގަޅު ޕްރޮގްރާމަކީ 'ވެށިފަހި މާލެ' ޕްރޮގްރާމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ބިން ދޫކުރުމަށް ހިންގި ބިންވެރިޔާ ސްކީމްއާއި މާލެއިން ފްލެޓް ދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމާ މެދު ހިޔާލު ތަފާތުވުންތައް އުފެދި ގިނަ ބަޔަކު އެ ސްކީމްތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ސްކީމްތަކުން ރައްޔިތުންނަށް ބިމާއި ފްލެޓްތައް ދިނުން ލަސްވެގެން ދިއުމާ ގުޅިގެން އެމްޑީޕީން އަަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލެ ބިމުގެ ބަހުސް އެބަ ހިނގާ ކަން ފާހަގަ ކުރައްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއިން ބިން ދޫކުރަން އެންމެ ރަނގަޅު ކަމަށް ފެނިވަޑައިގަންނަވަނީ އަދިވެސް 'ވެށިފަހި މާލެ' ޕްރޮގްރާމް ކަމަށެވެ. އަދި މާލެ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭ ގޮތް ވުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް