އެއާޕޯޓުން ޑޮލަރު ސޫޓު ކޭސް ފޭރުނު މައްސަލަ: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 9:18
ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭހެއް ފޭރިގަނެގެން ފިލި މައްސަލައިގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު، އެއާޕޯޓު ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ 2 މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ.
މި މައްސަލައާއި ގުޅިގެން މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.