ލެއިން ގުރުބާންވާން ކެރޭ ދިވެހި ދަރިން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެ: ސާޖިދާ
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 10:44
ނަސްރު ދުވަހުން ސާބިތު ކޮށްދެނީ ޖާނާއި ލެއިން ގުރުބާން ވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑުގައި ތިބޭނެ ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅުވާ މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރާއި، ގައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށެވެ. ޖާނާއި ލެއިން ގުރުބާން ވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑުގައި ތިބޭނެ ކަން ސާބިތުވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ގައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން ސާބިތުކޮށްދިން ދުވަހެއްގެ ގޮތުގައި ނޮވެމްބަރު 3 އެކަމަނާ ސިފަފުޅު ކުރެއްވިއެވެ. ތާއަބަދުމެ ނަސްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ގައުމުގައި ދެމެހެއްޓެވުން އެދި ދުއާ ކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ.