ސިނގިރޭޓް ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 10:45
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސް މުވައްޒަފުން ވެސް ހިމެނެއެވެ.
މި މީހުންގެ ތެރެއިން އާއްޓޭއާއި ދިގަލި އަދި މުއާޒް މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ހަމަ އެހެންމެ ހަސަން އަބްދުއްރަހްމާން އާއި އާދަމް ވަހީދުއާއި އަހުމަދު ފިރުޝާން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.