އެތެރެ ކޮއިލުން ބަޑިބުރާސްފަތި: ތަމަޅައިންގެ 2 މީހުން ބަޑިއާއެކު ފުންމާލީ ކުރިމައްޗަށް!
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 11:00
މިއަދުގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނަކީ, ބޭރުގެ ކުލީ ސިފައިންނާއެކު ދިވެހީންގެ ބަޔަކު ބައިވެރިވެ ރާއްޖެއަށް އަރާ ޓެރަރިސްޓް ހަމަލާ ދިން އިރު ތުއްޕުޅު ބޭފުޅެކެވެ. އޭރު އޭނާގެ އުމުރުފުޅަކީ 8 އަހަރެވެ.
1988 ގެ ނޮވެމްބަރު މަހުން 3 ވީ ބުރާސްފަތި ދުވަހު ހިންގި އެ އުދުވާނީ ހަމަލާ, ޣައްސާނަށް ހާއްސަވާ ސަބަބުތައް ގިނައެވެ. އެ ސަބަބުތަކުގެ ތެރޭގައި އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އުސްތާޒު މައުމޫނު އަބްދުލްޤައްޔޫމުގެ 4 ބޭފުޅުންގެ ތެރެއިން އެންމެ ހަގީ އޭނާ ކަމަށް ވުމާއި, އެ ހާދިސާ ހިނގި އިރު ބައްޕާޕުޅު, ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އަބްދުލްޤައްޔޫމުގެ އެރިހުގައި ހުންނެވީ ހަމައެކަނި އޭނާ ކަމަށް ވުމުގެ އިތުރުން ވެރިކަން ބަޣާވާތް ކޮށްލުމަށް ޓެރަރިސްޓުންގެ ރޭވުމުގައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަށް އުޅުން ހިމެނެއެވެ.
ޣައްސާން ވިދާޅުވީ, 3 ނޮވެމްބަރުގެ އެ އުދުވާނީ ހަމަލާ ރޭވުވުމުގައި އުޅުނީ ކޮންބައެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެމީހުންގެ ދިފާއުގައި ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ އުޅޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.