ނޮވެމްބަރު 3: ރައީސް މައުމޫނަށް ޝަރަފުގެ ހާއްސަ އައްޑަނަ އަދި ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފި
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 11:57
ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަދި ނޮވެންބަރު 3ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފިއެވެ.
އެ ފަރާތްތަކަށް އައްޑަނަ ހަވާލުކޮށްދީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސް މައުމޫނަށް ޝަރަފުގެ ހާއްސަ އައްޑަނައެއް އަރުވާފައިވަނީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައާ ގުޅިގެން އެޅުއްވި މުހިންމު ހަރުދަނާ ފިޔަވަޅުތަކާއި އެ މަނިކުފާނު ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ އާއިލާއަށް ހަނދާނީ އައްޑައެއް އަރުވާފައިވަނީ އެ ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނެވެ.