ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން އެތެރޭގެ ތަހުގީގެއް ފަށައިފި
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 12:43
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެތެރޭ ތަހުގީގެއް ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ މެންދުރު ފަހު 15:44ހާއިރު އެވެ. އެ ހާދިސާގައި 5 މީހަކަށް އަނިޔާވެ 2 މީހަކު ވަނީ ނިޔާވެފައެވެ.
ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ މަސްއުދު ހުސައިން ކިޔާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކާއި 25 އަހަރުގެ ދިވެހި ޒުވާނެކެވެ. ބަންގްލަދޭޝް މީހާ އިއްޔެ ނިޔާވެފައިވާއިރު ޒުވާނާ ނިޔާވެފައި ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ. އެއީ ގއ. ގެމަނަފުށީ/ދިލްބަހާރްގެ އަލީ އަފްލާހް މުހައްމަދު 25އ. އެވެ.