އައްޑޫ މީދޫ އާއި ހުޅުދޫގައި ވަކި ރަށު ކައުންސިލް ހަދަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ދަޕްރެސް
4 ނޮވެމްބަރު 2025 | އަންގާރަ | 9:41
އައްޑޫސިޓީގެ 3 ރަށް ކަމަށް ވާ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލް ހަދަން ފެނޭތޯ އެ ރަށްރަށުގެ މީހުންގެ މެދުގައި ނެގި ވޯޓާއެކު ހުޅުދޫ އާއި މީދޫ އިން އެކަމަށް ތާއީދު ކުރުމުން، އެ ދެ ރަށުގައި ވަކި ކައުންސިލް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ" ގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.
އަދި ގަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިސްލާހު ކުރުން) މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.