ރާއްޖެ އިޝްތިހާރުކުރުމަށް، 100 ޓެކްސީ ބޭނުންކޮށްގެން ލަންޑަންގައި ބޮޑު ކެމްޕޭނެއް ފަށައިފި

ދަޕްރެސް

4 ނޮވެމްބަރު 2025 | އަންގާރަ | 10:37

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން، ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާ އެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމާ އަދި ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުރިކަން އަންގައިދިނުމަށް ތައްޔާރުކޮށްފައިވާ ކެމްޕޭނެކެވެ.

ވީއެމްސީން ބުނީ މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) ފެށުމާ ދިމާކޮށް ކަމަށެވެ. ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނާ ގުޅޭ ގޮތުން ވީއެމްސީން ބުނީ މި ކެމްޕޭނުގައި ލަންޑަންގެ މަގުތަކުގައި ރާއްޖޭގެ ކަނޑުތަކާ، ރާއްޖޭގެ އެކި ހިސާބުތަކުގެ ރީތިކަން ދައްކުވައިދޭ 100 ޓެކްސީ ބޭނުންކުރާނެ ކަމަށެވެ.

މައުޟޫޢުތަށް