ޒުވާނުން ބާރުވެރިކޮށް ތަމްރީނުތައް ދިނުމަށް އެމްޕީއެލްއާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އާ ކޮށްފި

ދަޕްރެސް

4 ނޮވެމްބަރު 2025 | އަންގާރަ | 12:54

ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު 3 އަހަރަށް އާ ކޮށްފިއެވެ.

ފަހުމުނާމާ އާ ކުރުމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ.

އެމްޕީއެލްއިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް